ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ވާހަކައަކީ ދޮގެއް

Mujj

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސް ދުވަސް ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށާއި ޕެންޝަން އޮފީހާއި އެ ކުންފުންޏާއި ދެމެދު ވާހަކަ ދެކެވި، ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

ވެމްކޯގެ މާލީ ހާލަތަށް ބަލާއިރު، ކުންފުނީގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީއަކުން ވެފައި، ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމާއި، އެގޮތުން މާލޭ ސިޓީ ކައުންސިލުން މިހާރުވެސް ދައްކަން ޖެހި ނުދައްކާ 66 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ވެމްކޯ އިން ބުނެއެވެ.

އަދި މިވަގުތު މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފައިސާގެ ކަންކަމާ ގުޅިގެން ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ހަލާސްކުރެވޭނެ ގޮތަކަށް ދެފަރާތުން އެއްބަސްވެވިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. އެގޮތުން އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުން ރޭވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ވަނީ މުވައްޒަފުންނަށް އޮޅޭނެހެން އަދި މުވަޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

wamco

ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި

767

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

wamco

މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

wamco

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަނީ