ކުއްލި ޚަބަރު

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި

ރައީސް މުއިއްޒު މާލޭ “ޒުވާނުންގެ ވެހި” ރަސްމީކޮށް ހުޅުއްވައިދެއްވައިފި

އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭކަން ފަޅާއަރައި މުވައްޒަފަކު ހައްޔަރުކޮށްފި

މިހާތަނަށް 4.6 މިލިއަން ރުފިޔާގެ ޗެކްއަޕް ހައްދާފައިވޭ: އާސަންދަ

Aasandha

ސަރުކާރުން އާސަންދައިގެ ދަށުން ހެލްތު ޗެކްއަޕް ހަދައިދޭން ފެށިފަހުން މިހާތަނަށް 4.6 މިލިއަން ރުފިޔާގެ ޗެކްއަޕް ހަދާފައިވާކަމަށް އާސަންދައިން މިއަދު ހާމަކޮށްފިއެވެ.

އާސަންދައިން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ސްކޫލް ހެލްތު ސްކްރީނިންގ ޕެކޭޖުގެ ދަށުން 123 ދަރިވަރަކު ފުރަތަމަ ފަހަރަށް މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. މި ޗެކްއަޕްތަކަށް ޖުމްލަ 127,305 ރުފިޔާ ޚަރަދުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

40 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފުކުރި ކެންސަރު ޕެކޭޖުގެ ދަށުން 300 ފިރިހެނުންނާއި 399 އަންހެނުން ކެންސަރު ސްކްރީނިންގ ހަދާފައިވާއިރު، މި ސްކްރީނިންގތަކަށް ޖުމްލަ 619,740 ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި 40 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ފުރަތަމަ މެޑިކަލް ޗެކްއަޕް ޕެކޭޖުގެ ދަށުން 1,232 ފިރިހެނުންނާއި 1,592 އަންހެނުން ޗެކްއަޕް ހަދާފައިވެއެވެ.

19 އަހަރާއި 39 އަހަރާ ދެމެދުގެ 642 ފަރާތަކުން މެޑިކަލް ޗެކްއަޕް ހަދާފައިވާއިރު، މި ޕެކޭޖުގެ ދަށުން ހެދުނު ޗެކްއަޕްތަކަށް 268,020 ރުފިޔާ ޚަރަދުވެފައިވެއެވެ. މީގެއިތުރުން، ޖެނެރަލް އޯޕީޑީ ޑޮކްޓަރުން ރިފަރކޮށްގެން 642 މީހަކު 748 މެޑިކަލް ޗެކްއަޕް ހަދާފައިވާކަމަށް އާސަންދައިން ބުނެއެވެ.

ޖުމްލަ ގޮތެއްގައި އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމަށް ހުޅުވާލި ފުރުސަތުގައި 3,446 މީހަކު 4,805 ފަހަރުގެ މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. މި ޗެކްއަޕްތަކަށް ޖުމްލަ 4,637,515 ރުފިޔާ ޚަރަދުވެފައިވެއެވެ.

އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ޚިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

ކިޑްނީ ޓްރާންސްޕްލާންޓަށް ފުރަތަމަ ބެޗް ދެމަސްތެރޭ ފޮނުވުމަށް ރޭވިފައި

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދަ ދޭން ފަށައިފި

TTH_advertisement