ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ.

ސ. ހުޅުދުއަށް އުފަން ނަޒީރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ނޭފުޅެކެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް “ސަންލޭންޑް” ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

ސަންލޭންޑް ހޮޓެލްސްގެ “ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް”ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު