ކުއްލި ޚަބަރު

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

“ކާނޭ އެއްޗެއް ނުލިބިވެސް މަރު، ހަމަލާތަކުގައިވެސް މަރު” 

Img 20250509 wa0102

މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗެއް، އިންސާނީ އެއްވެސް އެހީއެއް އެތެރެ ނުކުރެއެވެ. ޒަޔަނިސްޓު އިސްރާއީލުންވަނީ މުޅި ޣައްޒާ ވަށައިގެން ބަންދުކޮށްފައެވެ.

އިސްރާއީލަށް ވާގިވެރިވާ ގައުމުތައް ފިޔަވައި، އދއާއި، މުޅި ދުނިޔެ ދެކޮޅު ހަދަމުންދާއިރުވެސް، އިސްރާއީލުން އަޑު އިވޭކަމަށްވެސް ނުހަދައެވެ.

ހަނގުރާމައެއްގެ ހާލަތުގައިވިޔަސް، އިންސާނީ އާބާދީއެއް ބަނޑަށްޖެއްސުމަކީ ނުވަތަ ކާބޯތަކެތި ހަނގުރާމައިގެ ހަތިޔާރަކަށް ހެދުމަކީ ދުނިޔޭގެ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހަނގުރާމައިގެ ޖަރީމާއެކެވެ. އެކަމަކު، ޒަޔަނިސްޓު އިސްރާއީލަކީ ދުނިޔޭގެ އެއްވެސް ގާނޫނަކަށް ބޯލަނބާ ބައެއް ނޫނެވެ.

ޣައްޒާގެ އާބާދީގައި ހިމެނޭ ދެ މިލިއަނަށްވުރެ ގިނަ މީހުން 24 ގަޑިއިރުގެ ތެރޭގައި އެއް އިރު ކާލާނޭ ކާއެތިކޮޅެއް ނުލިބި ތިބިއިރު، މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެ، އާންމުން ބަނޑަށް މަރުވާން ފަށާފައި ވެއެވެ. ބަނޑަށްމަރުވަނީ ގިނައިން ކުޑަކުދިންނެވެ. ކުޑަކުދިން މަރުވާ ރޭޓު މިހާރުވަނީ އިތުރުވާން ފަށާފައެވެ.

ޣައްޒާއަށް ކާބޯތަކެއްޗެއް، އިންސާނީ އެއްވެސް އެހީއެއް އެތެރެކުރިޔަނުދީ، އާންމުން ބަނޑަށް މަރަމުންދާއިރުވެސް، އިސްރާއީލު ހުއްޓުވަން ދުނިޔެއަށް ކުރެވުނު ކަމެއް ނެތެވެ. ދުނިޔެ އަދިވެސް އޮތީ ކުޅި ބަލާށެވެ. ޣައްޒާގެ ކުޑަކުދިންނާއި އާންމުން ބަނޑަށްމަރުވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ބެލުގައި އަވަދިނެތިއެވެ.

އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ވެރިންނަށް އިސްރާއީލުން މިހިންގާ ބަނޑަށްޖެއްސުމުގެ ޖަރީމާއާ ދެކޮޅަށް ބަހެއް ބުނެލުމުގެ ހިތްވަރެއްވެސް ނެތެވެ. ނުވިތާކަށް، ޣައްޒާގެ އާންމުންނަށް އެހީވާން މަސައްކަތް ކުރާ މީހަކަށް ގޮވަނީ ޓެރަރިސްޓަކަށެވެ. ޣައްޒާ ބަނޑަށް ޖެއްސުމާ ދެކޮޅަށް އަޑުއުފުލައި މަގުމައްޗަށް ނުކުންނަ މީހުންނަށް އަނިޔާކޮށް، ހައްޔަރުކޮށް، ދައުވާކުރެއެވެ.

ޣައްޒާއަށް އެތެރެކުރަން ގެންގޮސްފައި ހުރި އެތައްހާސް ޓްރަކެއްގެ އިންސާނީ އެހީ، މިސްރު ތެރޭގައި ފުނިޖެހިފައި އެބަހުއްޓެވެ. ބައެއް ތަކެތި ދަނީ ހަލާކުވަމުންނެވެ.

އެއިން ކާއެއްޗެއް، އެއިން އިންސާނީ އެހީގެ ކުޑަ މިންވަރެއްވެސް ޣައްޒާއަށް އެތެރެކުރަން ބާރު ނާޅައި، އެކަމަށް ގޮވާވެސް ނުލައި، އިސްރާއީލަށް އެހީވާން ހުޅަނގުގެ ވެރިން ވަރަށް ފޯރި ހުރެއެވެ. އިސްރާއީލުގައި އަލިފާން ރޯވުމުންވެސް ހީވީ އެހެންފަދަ ކަމެއް ހެންނެވެ.

އެކަމަކު، ޅަދަރީންނަށް ކާނޭ އެއްޗެއް ލިބޭތޯ މައިންބަފައި ދަނީ މުޅި ޣައްޒާގައި އަތްފުނާ އަޅަމުންނެވެ. މުސްކުޅި މައިންބަފައިންނަށް ކާއެއްޗެއް ލިބޭތޯ ދަރީންދަނީ އަތްފުނާ އަޅަމުންނެވެ.

ކާއެއްޗެއް، އެހީއެއް ހޯދުމަށް މަގުމައްޗަށް ނުކުމެއްޖެނަމަ އަނބުރާ އާދެވިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ.

ޒަޔަނިސްޓު އިސްރާއީލުން ގެންދަނީ، މަތިންނާއި، ތިރިން ހަމަލާތައް ދެމުންނެވެ. ރެއާއި ދުވާލު މުޅި ޣައްޒާއަށް ބޮންއަޅަމުންނެވެ. ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކާއި، ބޯހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ގެންދަނީ ބޮންއަޅައި އެތައް ބަޔަކު ދުނިޔެއިން ނައްތާލަމުންނެވެ.

ޣައްޒާގެ ގިނަ އާއިލާތަކުގެ ޅަދަރިންނާއި، އާއިލާގެ އެންމެންވެސް ރޭގަނޑު ނިދަނީ ހައިބަނޑާ ތިބެއެވެ. އެކަމަކު، ޒަޔަނިސްޓު ޓެރަރިސްޓުން އެމީހުންގެ ބޮލަށް ބޮންއަޅައި ގެންދަނީ ނިދީން ނުހޭލެވި “ދާއިމަށް” ނިންދަވަމުންނެވެ. އާންމުން މަރައިހުސްކުރަމުންނެވެ.

ކާނޭ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައި، ބަނޑަށްމަރުވެދާނެކަމުގެ ފިކުރުގައި ތިބިއިރު، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައިވެސް އެމީހުން މަރާލާނޭކަމަށް ޣައްޒާގެ އާންމުން މިހާރު ތިބީ ތައްޔާރުވެގެންނެވެ.

ޣައްޒާގެ އާންމުންނަށް މިހާރު އެއްވެސް ކޮޅަކުން ސަލާމަތެއް ނެތެވެ. ކާއެއްޗެއް ނުލިބިވެސް މަރެވެ. ދިރިތިއްބަސް މަރެވެ.

މިއީ، އިންސާނިއްޔަތު ކުރިއަށްވެސް ދެކޭނޭ އެންމެ ލަދުވެތި ތާރީޚަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Gqhakwnbaaakt4n

2028 އިން ފެށިގެން މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” އުސޫލެއް

Gqhakxkx0aahccr

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ ނިޒާމުތައް ޑިޖިޓަލްކުރާ މިންވަރަކުން: ރައީސް

Shua

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި

ޮ3888

މެރިކަލްޗާ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް: ޝިޔާމް

Mulhiraajje
TTH_Advertisement ELL Mobile Advertisement