ކުއްލި ޚަބަރު

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ޔުމްނުގެ ބަޔާން ނުގެނުނީ ސިއްހީ ހާލަތު ގޯސްވުމުން: ފުލުހުން

Navvv
އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ވީހާ ވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.

“އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،” ފުލުހުންގެ މެސެޖުގައިވެއެވެ.

ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު ބަޔަކު ވައްޓާލީ ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފިއެވެ.

ޔުމްނުގެ އާއިލާއިން ރޭ ދިން ވީޑިއޯ މެސެޖެއްގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ މީހެއްގެ ދައުވަތަކަށް ކަމަށާއި އެއީ އެ މައްސަލައިގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތެއް ކަމަށެވެ.

“ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި ޔުމްނު އަމިއްލައަށް ވެއްޓުނީކީ ނޫން. ރައުދުގެ އިތުރުން، އެ ގޭގައި އިތުރު ހަތަރު މީހަކު އުޅުނު،” ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނީ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކު ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށެވެ. އަދި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ ހަމައެކަނި ރައުދުއެވެ. ދެން ހިމެނޭ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Gqhakwnbaaakt4n

2028 އިން ފެށިގެން މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” އުސޫލެއް

Gqhakxkx0aahccr

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ ނިޒާމުތައް ޑިޖިޓަލްކުރާ މިންވަރަކުން: ރައީސް

Shua

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި

ޮ3888

މެރިކަލްޗާ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް: ޝިޔާމް

Mulhiraajje
ELL Mobile Advertisement TTH_Advertisement