ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މޫސުމާ ބެހޭ އިދާރާ

މޫސުމާބެހޭ ޤައުމީ މަރުކަޒުން އަންގަވާފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވެރި މޫސުމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މަރުކަޒުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުގުރުމާއެކު ވާރޭވެހުމުގެ ފުރުޞަތު އޮތްއިރު، ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު ބޮޑެވެ. މި މޫސުމާ ގުޅިގެން މަރުކަޒުން ވަނީ ރައްކާތެރިކަމުގެ އިންޒާރުތައް ދޫކުރަން ފަށާފައެވެ.

އިތުރަށް މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 އާއި 20 މޭލުގެ ބާރުމިނުގައި ވައިޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވިއްސާރަވެރި ވިލާގަނޑުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 30 މޭލަށް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވެ، ވިއްސާރަވެރި ވިލާގަނޑުތަކުގައި އިތުރަށް ގަދަވުމުގެ ފުރުޞަތު އޮތްކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މަރުކަޒުން ވަނީ އަންގަވާފައެވެ.

މޫސުމާބެހޭ ޤައުމީ މަރުކަޒުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މި ވިއްސާރައަކީ ދެ މޫސުން ބަދަލުވާ ދުވަސްވަރު އާންމުކޮށް ކުރިމަތިވާ ބާވަތުގެ ވިއްސާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް