ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ވެމްކޯއިން ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

މިއީ ވެމްކޯއިން މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެމްކޯއިން ލީގާއި ވީއޭއެމް ކަޕް ކާމިޔާބުކުރި ނަމަވެސް، އެޓީމަށް ވަނީ ގައުމީ މުބާރާތް ގެއްލިފައެވެ. އެފަހަރު ގައުމީ މުބާރާތް ވާދަވެރި ޕޮލިސް ނެގި އިރު، މިފަހަރު ޕޮލިހުން އަތުލީ ލީގެވެ. އަނެއް ދެ މުބާރާތް ނެގީ ވެމްކޯއިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަސް ސެޓަށް ކުޅެ، 3-2 ސެޓުންނެވެ.

ޕޮލިހަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، ރޭގެ މެޗަށްވެސް އެޓީމުން ނުކުތީ މުހިއްމު ކުޅުންތެރިޔާ، ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ނުލައެވެ. އެތަން ޓީމަށް ދެއްކި އިރު، ބޮޑަށް އެޓީމުގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ. ދެޓީމުގެ ތަފާތަކަށްވެސް ބޮޑަށް ފެނުނީ ފަސްވަނަ ސެޓުގެ ފޯރިއެވެ.

ފުރަތަމަ ސެޓު ޕޮލިހުން 25-23 އިން ގެންގޮސްފައިވާ އިރު، ވެމްކޯއިން ވަނީ ދެވަނަ ސެޓު 25-22 އިން ގެންގޮސްފައެވެ. ތިންވަނަ ސެޓުވެސް ވެމްކޯއިން ރަނގަޅަށް ފަށައި ލީޑުގައި ކުޅެމުން ދިޔަ ނަމަވެސް، ޕޮލިހުން ވަނީ ހިތްވަރާއެކު ސެޓު އަނބުރާލައި، 25-23 އިން ސެޓު ގެންގޮސްފައެވެ.

ހަތަރު ވަނަ ސެޓަށް ނުކުތް އިރު ވެމްކޯއަށް ޕްރެޝަރު ބޮޑުވެފައި އޮތް ނަމަވެސް، އެޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއެކު 25-18 އިން ސެޓު ގެންގޮސް، ފަސްވަނަ ސެޓުގައި ތަފާތު ދެއްކިއެވެ. ފަސްވަނަ ސެޓުގައި ވެމްކޯ މާ ބޮޑަށްވެސް ޖޯޝާއެކު ކުޅުނު އިރު، އެޓީމުން އެ ސެޓު ގެންދިޔައީ 15-08 އިންނެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ވެމްކޯގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ އިތުރުން ޕޮލިހުގެ އައިމިނަތު އަރީޝާއެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނަކީ ވެމްކޯގެ ޕަޓިއްޔާ، ޕޮލިހުގެ ގްރަޒިއޭލާ އަދި ހުރާ ކޮމިއުނިޓީ ކްލަބުގެ ވެރޯނިކާއެވެ. ހުރައަކީ މުބާރާތުގެ ތިންވަނަ ޓީމެވެ.

އެންމެ އުންމީދީ ކުޅުންތެރިޔަކީވެސް ހުރާގެ އައިޝަތު ނަސްމާ އަހުމަދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.

ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

403812 a59f4bc3 b

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

112

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

112

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement