ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ހުއްދަ ނޫން ތަނެއްގައި މުޒާހަރާކުރާނަމަ ރޫޅާލާނަން: ފުލުހުން

09997
މޭޑޭ މުޒާހަރާ ރޫޅާލައި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ބިޑިއަޅުވާފައި- ފޮޓޯ: އަދަދު

ހުއްދަ ހޯދުމަކާއި ނުލައި މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ފިޔަވައި އެ ނޫން ސަރަހައްދުތަކުގައި ކުރާ މުޒާހަރާތައް ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއ،ި އިމަޖެންސީ ހިދުމަތްތަކަށާއ،ި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއްވުންތަކާއ،ި ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް، އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި އެހެން ފަރުދުންނަށް ލިބިދޭ މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާ ގުޅިފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވީ ހިނދު ގާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ މިފަދަ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް އެދޭކަމަށެވެ.

މާލެ ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ހަތަރު ސަރަހައްދެއް ހޯމް މިނިސްޓްރީން މިރޭ ވަނީ ހަމަޖައްސާފަ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެއެވެ.

“ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.” ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއ،ި އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީން ކަން ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

އޭދަފުށީގެ 14 އަހަރުން ދަށުގެ ޓީމަކުން ލަންކާވީ ސީރީޒް ކަޕް ދެވަނަ ހޯދައިފި

TTH_advertisement ELL Mobile Advertisement