ކުއްލި ޚަބަރު

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ދިވެހިރާއްޖެއަށް

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފި

29

މާލޭގައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ނ.ކުޑަފަރި / ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒުވާނުންގެ ބަޔަކު މާލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ރޫޅާލާ ދެ މީހުން ހައްޔަރު ކުރި ސަބަބުތަކާއި އެ މީހުންނަށް ކުރެވޭ ތުހުމަތުތައް ފުލުުހުން ވަނީ ސާފުކޮށްދީފައެވެ.

ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ.

އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކައުންޓެންޓްސް ފޯރަމް ފަށައިފި

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެ: ޝަފީއު

ޓްރަންޕަށް މިއަހަރުގެ ނޯބަލް ޕީސް ޕްރައިޒް ހައްގު: ޕޫޓިން

ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާއިފި

TTH_advertisement