ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަހީމް، އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ފޯމު ހުށަހަޅުއްވައިފި

Gojjtdiacaaulof
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އަދާލަތުގައި މީގެ ކުރިން އިސް މަސައްކަތްތަކެއް ކުރެއްވި ޝަހީމް އެނބުރި އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ފޭސްބުކްގައި ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަށް މެންބަރުކަމުގެ ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ނިންމެވުމާ ގުޅިގެން ގިނަ އިލްމުވެރިން އަދި އަދާލަތުގެ އިސް ގިނަ ބޭފުޅުން ވަނީ މަރުހަބާ ދަންނަވައިފައެވެ.

މިދިޔަ ބުދަ ދުވަހު އެކަން އިއުލާންކުރައްވަމުން ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު، މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަމަށެވެ.

އަދާލަތާ ގުޅިވަޑައިގެންނެވުމަށް ޝަހީމް އިއުލާންކުރެއްވުމާ ގުޅިގެން، އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަން ޝަހީމް ނިންމަވާފައިވަނީ ކެބިނެޓުން ވަކިވުމަށްފަހު ކަމަށްވާ ނަމަ، އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

އިމްރާނަށް ރައްދުދެއްވައި ހަމަ އެ ދުވަހު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލީޑާޝިޕަށް ވާދަކުރެއްވުމަށް ކެބިނެޓުން އިސްތިއުފާދެއްވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Adhaalath party

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ތާއީދުކޮށްފި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް