ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލު ގައިދީން މިނިވަން ކުރުމަށްވުރެ އަހަންނަށް މުހިންމީ ހަމާސް ބަލިކުރުން: ނަތަންޔާހޫ

ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު މީހުން މިނިވަން ކުރުމަށްވުރެ އޭނާއަށް މުހިންމީ ހަމާސް ބަލިކުރުން ކަމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ “މިނިވަންދުވަސް” ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، ހަމާސް ބަލިކުރުމަކީ، އިސްރާއީލު ގައިދީން މިނިވަން ކުރުމަށްވުރެ އޭނާ މުހިންމުކަންދޭ ކަމެއް ކަމަށެވެ. ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ހާސިލްކުރަން ބޭނުންވާ ވަރަށް ގިނަ އަމާޒުތައް އެބަހުރި ކަމަށާއި، އިސްރާއީލު ގައިދީންވެސް މިނިވަންކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އެ ހުރިހާ ކަމަކަށްވުރެ ބޮޑު އަމާޒަކީ ހަމާސް ބަލިކުރުން ކަމަށެވެ. އިސްރާއީލުން އެ އަމާޒު ހާސިލްކުރާނޭ ކަމަށްވެސް ނަތަންޔާހޫ ވައުދުވެފައި ވެއެވެ.

ނަތަންޔާހޫގެ މި ވާހަކަތަކަށް، އިސްރާއީލު ގައިދީންގެ އާއިލާތައް ތަމްސީލުކުރާ ގްރޫޕުން ވަގުތުންވަނީ ރުޅިވެރިކަމާއެކު ރައްދު ދީފައެވެ. ބުނެފައިވަނީ، ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އެންމެ އިސްކަންދޭ ކަމަށް ވާންޖެހޭނީ އެމީހުންގެ އާއިލާތަކުގެ މެމްބަރުން މިނިވަންކުރުން ކަމަށެވެ.

ގައިދީންގެ އާއިލާތައް ތަމްސީލުކުރާ ގްރޫޕުން ބުނެފައިވަނީ، ނަތަންޔާހޫގެ ވިސްނުން މިހާރު ހުރީ، ސަރުކާރުގެ ފިނޭންސް މިނިސްޓަރު ސްމޮރިޗްގެ ވިސްނުމާ އެއްގޮތްވެފައި ކަމަށެވެ. ފާރ-ރައިޓް ސްމޮރިޗްވެސް ބުނަމުންގެންދަނީ، ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ އަމާޒަކީ ގައިދީން މިނިވަންކުރުން ނޫން ކަމަށެވެ.

ގައިދީންގެ އާއިލާތަކުން ބުނަނީ، ނަތަންޔާހޫއާއި ސްމޮރިޗްގެ ވިސްނުމަކީ އިސްރާއީލު ރައްޔިތުންގެ ވިސްނުން ނޫން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ، އެހެން ހުރިހާ ކަމަކަށްވުރެ ގައިދީން މިނިވަންކުރުން ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް