ކުއްލި ޚަބަރު

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވައިފި

އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: މާރިޔާ

0ްޖ

އަޅުގަނޑުމެންގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.

އެކަމަނާ ދިވެހި މަސައްކަތްތެރިންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަހަރެމެންގެ ފަޚްރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.

ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގައި، ތަޢުލީމީ ދާއިރާގައި ނުވަތަ އެހެނިހެން ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މިއަދަކީ ޚާއްޞަ ދުވަހެއް.ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.

ވަޒީރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ޚާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެދެނީ ޤައުމީ ޔުނިވާސިޓީއަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށްވުމަށް: ރައީސް

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

JSC

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

muiz police

ދިވެހި ފުލުހުން ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުރުކު

ELL Mobile Advertisement TTH_advertisement