ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބ. ގޮއިދޫގައި ކެންސަރު ފެތުރިފައިވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭ އިން ދިރާސާއެއް ފަށައިފި

Oo
TTH_Ads
STO_Ads

ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދިރާސާކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

ގޮއިދޫގެ އާބާދީގައި ހިމެނެނީ 500 ވަރަކަށް މީހުންނެވެ. ނަމަވެސް އެރަށުގައި ދިރިއުޅެނީ އެއަށްވުރެ މަދު މީހުންނެވެ.

ދަނޑުވެރިކަމުގައި ކުރިއަރާފައިވާ ގޮއިދޫގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުމާއެކު އެކަމުގެ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް މިދިޔަ ޑިސެންބަރު މަހު އާންމު ރައްޔިތަކު އެދިފައިވެއެވެ.

Maldivian_Ads

އެ ރަށުގެ ރައްޔިތަކު އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް ”ޕެސްޓިސައިޑްސް“ ހުންނަ ތަކެތި ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ގޮއިދޫގައި ކެންސަރު އާންމުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން މިހާރު ޓެސްޓުތައް ހަދައި، ދިރާސާތައް ހަދަމުން އަންނަ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ބުޅަލަށް އިހާނެތިކޮށް ހަދާ މީހުން ޖޫރިމަނާކޮށް ޖަލަށްލާނަން: މިނިސްޓްރީ

767

ރުއް އާލާކުރުމުގެ މައި މަރުކަޒެއް އަރިޔަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައިފި

W7e

ކެލާގެ ދަނޑުވެރިންނާ ވަޒީރު މާރިޔާ ބައްދަލުކުރައްވައިފި

0ްޖ

އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: މާރިޔާ