ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޒީރު މާރިޔާ މާމިގިލީ ކައުންސިލާ ބައްދަލުކުރައްވައިފި

876699
TTH_Ads
STO_Ads

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ އދ. މާމިގިއްޔަށް ވަޑައިނަވައިގެން އެަރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

އެކަމަނާ ގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމަށް ރުކުގެ ނާސަރީތައް ޤާއިމުކުރުމަށާއި، ރިސާރޗްތައް ހެދުމަށާއި ފުޑްސެކިއުރިޓީ އަށް ބޭނުންވާ ގަސްގަހާގެހި އާލާކުރުމަށް އދ. އަރިޔަދޫ މިވުޒާރާއަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން އެރަށުގައި މަސައްކަތްތައް ފެއްޓުމަށްޓަކައި ރަށުގެ ހާލަތުބަލައި އެސްސެސްކުރުމަށް، މި ވުޒާރާގެ ސީނިއަރ ޓީމަކާއިއެކު ކުރައްވާ ދަތުރުފުޅެކެވެ.

މާމިގިލީ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި އަރިޔަދޫ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާމިގިލީ ކައުންސިލުގެ ފަރާތުން ލިބޭނެ އެހީތެރިކަމާއި ގުޅޭގޮތުންނާއި، ގުޅުގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

HajjCop_ads

ވަޒީރުގެ މި ދަތުރުފުޅުގައި އަރިޔަދޫއަށް ވަޑަިއގަތުމުގެ އިތުރުން އދ. ދިގުރަށަށް ޒިޔާރަތް ކުރައްވާ، އެރަށުގެ ކައުންސިލާއި ބައްދަލުކުރެއްވުމުގެ އިތުރުން އެރަށުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ބުޅަލަށް އިހާނެތިކޮށް ހަދާ މީހުން ޖޫރިމަނާކޮށް ޖަލަށްލާނަން: މިނިސްޓްރީ

767

ރުއް އާލާކުރުމުގެ މައި މަރުކަޒެއް އަރިޔަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައިފި

Oo

ބ. ގޮއިދޫގައި ކެންސަރު ފެތުރިފައިވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭ އިން ދިރާސާއެއް ފަށައިފި

W7e

ކެލާގެ ދަނޑުވެރިންނާ ވަޒީރު މާރިޔާ ބައްދަލުކުރައްވައިފި