ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު — ފޮޓޯ: އިމިގްރޭޝަން

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ވަނީ މިދިޔަ މަހުގެ މިދިޔަ މަހުގެ 26 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

އެ މައްސަލައިގައި ގޮތެއް ނުނިންމި އޮއްވައި ފުލުހުން، ޝަމްއާންގެ ބަންދު މުއްދަތު އިތުރުކުރުމަށް މިމަހުގެ ހަވަނަ ދުވަހު ހާޒިރުކުރުމުން ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އޭގެ ފަހުން ޝަމްއާންގެ ފަރާތުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރި އަމުރު ވެސް އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ޝަމްއާންގެ ފަރާތުން ވިދާޅުވެފައިވަނީ ފުލުހުންނަށް އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ނުކުރެވޭނެ ކަމަށާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބިގެންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. ނަމަވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށެވެ.

ފުލުހުން އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގުކޮށްފިނަމަ އެ ތަހުގީގެއް ބާތިލުވާނެ ކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅައިފައިވާ ކަމަށް ވެސް ޝަމްއާންގެ ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއު (ރިޔާސަތު) ހުކުމުގެ ރައުޔުގައި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ނަމަވެސް، މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް އެކަނި ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު ނުބަލައި މަނީ ލޯންޑަރިންގެ ތުހުމުތު ނުބެލޭނެ ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރާ ކަންކަމުގައި ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޮތަސް އެ މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަން ޖެހޭނީ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ ފުލުހުންނަށް އެކަނި މަނީ ލޯންޑަރިންގެ ތުހުމަތު ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު އުފަންވި އިރު ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުހެދުމަކީ ތަހުގީގު ބާތިލުވާނެ ސަބަބުތަކެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންކަމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭނެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Yamin

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު

176493 b3d2ed98 4 scaled e1608535723579

ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

TTH_advertisement