ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ޓޫރިޒަމް ދާއިރާގެ ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ފޯރަމެއް ބާއްވަނީ

ސހހ

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި (އޭސީސީ) އާއި ސައުދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން “ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ” ގެ ނަމުގައި ބައިނަލްއަގުވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މެއި މަހުގެ 6 އަދި 7 ގައި މި ފޯރަމް ބާއްވާއިރު، ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮތަށް އޯއައިސީގެ މެންބަރު ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާއަތަކަށް ހެދުމުގެ މަގްސަދުގަ އެވެ.

އޭސީސީން ބުނީ މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާއަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެ ކަމަަށެވެ. އަދި އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަަށްވެސް އޭސީސީން ބުނެއެވެ.

މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އޯއައިސީގެ މެންބަރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރާވާފައިވާއިރު، މި ޕްލިނަރީގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެ އެވެ.

މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކޮށްފި

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

ކޮރަޕްޝަނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ފަންނީ އޮނިގަނޑެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފި

ސަޢުދީއާ ރާއްޖެ ގުޅިގެން ބާއްވާ ނަޒާހަތްތެރިކަމާ ބެހޭ ބައިނަލްއަޤުވާމީ ފޯރަމް މޭ 6ގައި ފަށަނީ

TTH_advertisement