ނ. ވެލިދޫގައި ހަދާ ޖޫނިއާ ކޮލެޖު އިމާރާތުގެ ބޭރުފާރާއި އިންޓީރިއާ ވޯލް ޕްލާސްޓާ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ވެލިދޫގައި ޖޫނިއާ ކޮލެޖަށް ބޭނުންވާ އިމާރާތް ހަދަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓު 10 ވަނަ ދުވަހުގައެވެ.
އެ މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތް ފެށީ 2023 ޑިސެމްބަރު ތިނެއްގައެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.
އެ މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޖޫނިއާ ކޮލެޖަށް 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތުގެ ތެރޭގައި އިމާރާތުގައި ދެ ކްލާސް ރޫމާއި އެއް އައިސީޓީ ލެބާއި އެއް ލައިބްރަރީ އާއި ދެ ވޯކްޝޮޕް ހެދުމުގެ މަސައްކަތް ހިމެނެއެވެ.