ކުއްލި ޚަބަރު

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ސާބިރަށް އަރުވައިފި

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން މުއުތަސިމަށް އަރުވައިފި

ތަރައްގީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން ނިންމައިގެން: ރައީސް

އީރާނުގެ ޕޯޓްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި، މަރުވި މީހުންގެ އަދަދު 70 އަށް

އީރާނުގެ އެންމެބޮޑު ކޮމާޝަލް ޕޯޓް ކަމަށްވާ ޝާހިދު ރަޖާއީ ޕޯޓްގައި ރޯވި އަލިފާންގަނޑު، ގާތްގަނޑަކަށް އެއްކޮށް ކޮންޓްރޯލް ކޮށްފިއެވެ. ބާރުގަދަ ގޮވުމަކާއެކު ޝާހިދު ރަޖާއީ ޕޯޓްގައި އަލިފާން ރޯވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެތައްހާސް ފަޔަރފައިޓަރުންނާއި، ވެހިކަލްތަކާއި، ހެލިކޮޕްޓަރުތައްވެސް ބޭނުން ކުރެއެވެ.

މިކަމުގައި ރަޝިޔާއާއި، އެހެން ގައުމުތަކުގެ އެހީތެރިކަންވެސް އީރާނަށް ދެމުން ގެންދެއެވެ. އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނަނީ، އަލިފާނުގެ ސަބަބުން ޝާހިދު ރަޖާއީ ޕޯޓަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެވޭނީ އަލިފާން އެއްކޮށް ނިއްވާލެވި އެ ސަރަހައްދަށް ވަދެވޭގޮތް ވުމުން ކަމަށެވެ.ޝާހިދު ރަޖާއީ ޕޯޓުގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި 70 މީހުން މަރުވެ، ހާހަކަށްވުރެ ގިނަމީހުންނަށް އަނިޔާވިއެވެ.

ޕޯޓްގައި އަލިފާން ރޯވީ ކީއްވެގެންކަން އަދި ވަނީ ނޭނގިފައެވެ. ޝާހިދު ރަޖާއީ ޕޯޓުގެ ކަސްޓަމްސް އޮފީހުން ބުނެފައިވަނީ، އަލިފާން ރޯވީ ސީދާ ކީއްވެގެންކަން އަދި ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް ބާރުގަދަ ގޮވުމަކީ ޕޯޓުގައި ރައްކާކޮށްފައި ހުރި ކެމިކަލް ސާމާނުގައި އަލިފާން ރޯވެގެން ގޮވި ގޮވުމެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ބުނަމުން ގެންދަނީ މިއީ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، މިއީ އީރާނުގެ ދުޝްމަން އިސްރާއީލުގެ އަމަލެއްކަމުގެ ތުހުމަތުވެސް އީރާނުގައި ކުރެއެވެ. މީގެކުރިން އީރާނަށް ދީފައިވާ މިފަދަ އެތައް ހަމަލާއެއްގެ ފަހަތުގައި އޮތީ ޒަޔަނިސްޓު އިސްރާއީލު ކަމަށް އީރާނުން ބުނެއެވެ.

ޝާހިދު ރަޖާއީ ޕޯޓުގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާއާ ގުޅިގެން އީރާނުގައި ގައުމީ ހިތާމައިގެ ތިންދުވަސް ވަނީ އިއުލާންކޮށްފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕޯޓު އޮންނަ ބަންދަރު އައްބާސްގެ ހުރިހާ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

410623 86a431ec d

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ސާބިރަށް އަރުވައިފި

410622 93d2a056 b (1)

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން މުއުތަސިމަށް އަރުވައިފި

410626 b055429d a

ތަރައްގީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން ނިންމައިގެން: ރައީސް

410629 917c35e5 f

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

ELL Mobile Advertisement TTH_advertisement