ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ނަފްސާނީ ސިއްހަތަށް ހާއްސަކޮށްގެން ތައްޔާރުކުރި ފޮތް މިނިސްޓަރ އަަށް އަރުވައިފި

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ތައްޔާރުކުރި ‘ވިލުންތެރި އެކުވެރިން’ ފޮތް ޞިއްޙީ ވުޒާރާގެ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމް އަށް އަރުވައިފިއެވެ. މި ފޮތަކީ ބެލެނިވެރިންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެކުލަވާލެވިފައިވާ ފޮތެކެވެ.

‘ވިލުންތެރި އެކުވެރިން’ ފޮތުގައި ހިމެނެނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު، ކުޑަކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ވާހަކަތަކާއެކު ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ މައުލޫމާތެވެ. ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓް އިން ސައިކައިޓްރީ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވި ގޮތުގައި މި ފޮތް އަމާޒުކުރެވިފައިވަނީ ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާ ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށެވެ.

ފޮތުގެ ފަރުމާގައި ރާއްޖޭގެ ޤުދުރަތީ މާޙައުލާ ގުޅުވައިގެން، ކުޑަކުދިންނާ ގުޅުންހުރި ހަތަރު ވާހަކައެއް ހިމަނާފައިވެއެވެ. މި ވާހަކަތަކުގައި ކުޑަކުދިންނަށް ދިމާވާ އެކި ބާވަތުގެ ނަފްސާނީ ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވާއިރު، ބެލެނިވެރިންގެ ގައިޑްގައި މިފަދަ ޙާލަތްތަކުގައި އަމަލުކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

ޑރ. ޝަނޫހާ މަންސޫރު އިތުރަށް ވިދާޅުވީ މި ފޮތުގެ މަޤްޞަދަކީ މުޖުތަމަޢުގެ ތެރޭގައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ދިމާވާ ނަފްސާނީ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފޮތަކީ ކޮންމެހެން ނަފްސާނީ ބައްޔެއް ހުރި ފަރާތްތަކަށް އެކަނި ނޫން، އާންމު ގޮތެއްގައި ދިމާވާ ނަފްސާނީ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމުގައި އުންމީދުކުރައްވާ ކަމަށެވެ.

‘ވިލުންތެރި އެކުވެރިން’ ފޮތް ނެރުއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ސީއީއޯ އަލްފާޟިލް އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމްގެ އިތުރުން ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުގެ ނަފްސާނީ ޞިއްޙަތުގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ ވުޒާރާގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement