ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި

Whatsapp image 2025 04 28 at 10.13.17

ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި ‘ނަމާދު މަތިވެރިކުރުން’ ޕްރޮގުރާމުގެ 170 ސެޝަން ބާއްވައިފިއެވެ.

މި ސެޝަންތައް ބާއްވާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައެވެ. އެގޮތުން މާލޭގައި ސަރަހައްދުގައި 60 ސެޝަން ބާއްވާފައިވާއިރު، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން، މ. ކޮޅުފުށީގައި 14 ސެޝަން ވަނީ ބާއްވާފައެވެ. މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވަނީ ދީނީ ޢިލްމުވެރިންނެވެ.

ރައީސް ޑރ. މުހައްމަދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ދީނީގޮތުން ދިވެހީން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތު ފަންޑުން ސްކޮލާޝިޕްތައް ވަނީ ދީފައެވެ.

އެ ސްކޮލާޝިޕްތައް ދިނީ ދީނީ އިލްމުގެ ދާއިރާއިން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށާއި ބައެއް ދާއިރާތަކުން ޑޮކްޓަރުކަން ކިޔެވުމަށެވެ.

މީގެއިތުރުން ކީރިތިޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ ރަމަޟާން މަހެއްގެ 27 ވަނަ ދުވަހުގެ ރޭ ހާފިޒުންގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި