ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި

passport-malay
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށުން — ފޮޓޯ: ޕީއެސްއެމް

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ. މެލޭޝިއާ އަކީ ރާއްޖޭއިން ބޭރުގައި މި ހިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ދެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު އައިޑީ ކާޑު އަދި ޕާސްޕޯޓު ވަނީ ދެ ފަރާތަކާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު އަދި އައިޑީކާޑު ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުން މިހާރު ދިވެހި އީ-ޕާސްޕޯޓުގެ ހިދުމަތް ލިބޭނެއެވެ. މިކަމުގެ މަގުސަދަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މި ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

Mal

ހުރިހާ އަތޮޅެއްގައި އައިޑީކާޑްގެ ހިދުމަތް ގާއިމްކޮށް ނިމިއްޖެ

Dsc 8919

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ޣައްޒާއާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު މެލޭޝިޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި