ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަންކުރައްވައިފި

މި އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުގެންނަވައިފިއެވެ.

އެ ކޮމިޝަން އުފެއްދެވީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައެވެ.

ރައީސް މުއިއްޒު އެ ކޮމިޝަނަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ދެ އަންހެން ބޭފުޅުން ވެސް ހިމެނެއެވެ.

މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:

ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު

ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިން އައްޔަންކުރެއްވި ޑރ. މުހައްމަދު ހަބީބު ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

ELL Mobile Advertisement TTH_advertisement