ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުވި މީހުންގެ އަދަދު 68 އަށް، އެމެރިކާގެ އުދުވާނީ ހޫތީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

ޔަމަނުގެ އުތުރުގެ ސައާދާގައި ހުރި ޖަލަކަށް އެމެރިކާ ސިފައިން ބޮންއެޅި މައްސަލާގައި، ޔަމަނުގައި ވެރިކަންކުރާ ހޫތީންގެ ސަރުކާރުން އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށް، ރުޅިވެރިކަމާއެކު ރައްދު ދީފިއެވެ.

ހޫތީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަބްދުއްސަލާމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން ޔަމަނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއެކުވެސް، ޔަމަނުގައި ކުރިމަތިވަމުންދާ އަސްކަރީ ނާކާމިޔާބީ ނުފޮރުވޭނޭ ކަމަށެވެ.
ޔަމަނާ ދެކޮޅަށް އަނިޔާވެރިކަން ހިންގައިގެން އެމެރިކާއަށް ހާސިލްވާނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް، ހޫތީ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާ ސިފައިން ޔަމަނުގައި ހަމަލާ ދެމުން ގެންދަނީ “އަސްކަރީ ތަންތަނަށް ކަމަށް” ބުނެ މުޅިން އޮޅުވާލައިގެން އާންމު ތަންތަނަށް ބޮންއަޅަމުން ގެންދާ ކަމަށްވެސް ތަރުޖަމާނު މުހައްމަދު އަބްދުއްސަލާމް ވިދާޅުވިއެވެ.
އާންމުންގެ ބޮލަށް ބޮން އަޅަމުން ގެންދާއިރުވެސް ދުނިޔެ ހިމޭނުން އޮތުމަކީ އެމެރިކާއަށް އިތުރު ހިތްވަރެއް ލިބޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަގީގަތަކީ، އެމެރިކާއިން އަސްކަރީ ތަންތަން ކަމަށްބުނެ ގަސްތުގައި އާންމުންނަށް ހަމަލާދެމުންދާ ކަމާއި، މިއީ، އެމެރިކާއިން ގަސްތުގައި ރާވައިގެން ހިންގާ ޖަރީމާތަކާއި ޓެރަރިޒަމް ކަމަށް، ހޫތީ ސަރުކާރުން ބުނެފައި ވެއެވެ.
ސައާދާގައި ހުރި ޖަލަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގައި ޖަލު އިމާރާތްވަނީ ބިމާހަމަކޮށްލާފައެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 68 އަށް އަރާފައެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިސްކަމުން، މި ހަމަލާގައި މަރުވި މީހުންގެ އަދަދުތައް އަދިވެސް އިތުރުވާނޭ ކަމަށް ލަފާކުރެވިފައި ވެއެވެ.

ޖަލަށް ދިން ހަމަލާގައި މުޅިންވެސް މަރުވެފައިވަނީ، އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ. އެއީ، ގަވާއިދާ ޚިލާފަށް ޔަމަނަށް އެތެރެވެގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި