ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަމަހު ހަވާލުކުރަން ފަށަނީ

STO_Ads
TTH_Ads
Advertisement

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށީގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަން ފަށާނެ ކަމަށެވެ. މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ތިލަފުށި-މާލެ ގުޅާލާ ބްރިޖު މަޝްރޫޢަށް ގުޅިފަޅު ބޭނުންކުރަމުންދާތީ، ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެެއްވިއެވެ. އެހެންނަމަވެސް، ޕްލޭނަށް ބަދަލުގެނެސް، ވީހާވެސް ގިނަ ބަޔަކަށް އަވަސް މުއްދަތެއްގައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މޭ މަހުގެ ތެރޭގައި ގުޅިފަޅުގެ ރަޖިސްޓްރީތައް، އެ ފަރާތްތަކަށް ކަނޑައެޅިފައިވާ ގޯތި އެނގޭނެހެން ހަވާލުކުރަން ފަށާނަމެވެ،” ވަޒީރު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މީގެއިތުރުން، ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޚަރަދުތަކާ ބެހޭ މަޢުލޫމާތުވެސް ވަޒީރު ހިއްސާކުރެއްވިއެވެ. އެގޮތުން:

– މިހާތަނަށް ހިއްކާފައިވާ ބިމަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވެފައިވާކަން
– އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް އަންދާޒާކުރެވޭ ޚަރަދަކީ 400 މިލިއަން ޑޮލަރުކަން
– އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވި، ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން
– ގުޅިފަޅުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމާ ހަމައަށް މަދުވެގެން 600 މިލިއަން ޑޮލަރަށްވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭކަން

ވަޒީރު އިތުރަށް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތުލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވިފައިވާ ކަމަށެވެ. އަދި ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އާ ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި:

– ބިމުގެ 21 އިންސައްތަ ޕާކުތަކާއި ގްރީން ސްޕޭސްތަކަށް ކަނޑައެޅިފައިވުމާއެކު:

– މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާ ހަމައަށް 10 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއް ބެހެއްޓިފައިވުން
– މިސްކިތްތަކާ ދެމެދު 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއް ހުރުން
– މުޅި ގުޅިފަޅުގައި ވެހިކަލް ޕާކުކުރުމަށް 70,000 ޕާކިންގ ސަރަހައްދު ކަނޑައެޅިފައިވުން

މި ބަދަލުތަކަކީ ކުރީގެ ލޭންޑް ޔޫސް ޕްލޭނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުންތަކެކެވެ. ކުރީގެ ޕްލޭނުގައި ސިނާޢީ މަސައްކަތްކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު އެކަށީގެންވާ ދުރުމިނެއް ނެތުމާއި، ޢާންމު ޚިދުމަތްދޭ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުރުން ފަދަ މައްސަލަތައް ހައްލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

މި ތަފްޞީލުތަކުން އެނގޭގޮތުގައި، ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީއެއް ބިނާކުރުމަށް އަމާޒުކުރެވިފައެވެ. ސަރުކާރުން މި މަޝްރޫޢަށް ކުރާ ބޮޑު އިންވެސްޓްމަންޓަކީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަޒީރު ބައްލަވާލައްވައިފި

HGu5OhLbUAArpi9

މާލޭގައި 500 ހައުސިންގ އަޅަން ޗައިނާއާއެކު އެއްބަސްވުމެއް

43

ގުޅިފަޅުން 160 އަށްވުރެ ގިނަ ގޯތި މިހާތަނަށް ދޫކުރެވިއްޖެ: ހައުސިން މިނިސްޓްރީ