ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލޭ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.

ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.

ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ޞިއްޙީ ވުޒާރާއާއި އައިޖީއެމްއެޗްއާ ގުޅިގެންވަނީ މަސައްކަތް ކޮށްފައެވެ.

HajjCop_ads
Advertisement

ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމުމާ ގުޅިގެން މިއަދުވަނީ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފައެވެ.

މިކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި އެއްބަސްވުމާއެކު ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ޞިއްޙީ ވުޒާރާއާއި، އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި، އައިޖީއެމްއެޗްގެ އިތުރުން މިކަމަށް ޚާއްސަ ޗައިނާގެ ޓީމަކާއި ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިމަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވި އަމަލީ މަސައްކަތް ފެށޭނެ. އަޅުގަނޑުމެން އުންމީދުކުރަނީ މިހާރު މިމަސައްކަތް ދާގޮތަށް ބަލާނަމަ އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ފެށޭނެކަމަށް،” ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވިލިމާލޭގައި ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

“އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ނިމިގެންދާއިރުގައި ހަމައެކަނި ވިލިމާލޭ ރައްޔިތުންނަކަށް ނޫން، ބުރިޖުން ގުޅިގެންދާއިރުގައި ގުޅީފަޅުގައި މީހުން ދިރިއުޅެން ފެށުމާއެކު އަދި މާލެއާއި ގުޅިފައިވާތީ މާލެ ރައްޔިތުންނާވެސް އެއްކޮށް މި ގްރޭޓަރ މާލޭ އޭރިއާއިން ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރަން،” ވަޒީރު ވިދާޅުވިއެވެ.

އާބާދީގައި 15،000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އަބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައިނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު އިމަރޖެންސީގައި ބޭނުންކުރަނީ މިހާރު 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ވިލިމާލޭގައި ޤާއިމްކުރާ މި 112 އެނދުގެ ހޮސްޕިޓަލާއެކު މިކަމަށް ޙައްލުލިބޭނެއެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

Hulhumale

އަމިއްލަ ގެދޮރު އިމާރާތްކުރަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މާލީ އެހީ

Amaan Dhoadhi hulhumale

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި