ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ޔަމަނުގެ ޖަލަކަށް ބޮންއަޅައި އެފްރިކާގެ 30 ހިޖުރަވެރިން މަރާލައިފި

ޔަމަނުގެ ޖަލަކަށް އެމެރިކާ ސިފައިން ބޮންއަޅައި ތިރީހަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.

ހޫތީންގެ ސަބާ ނޫސް އޭޖެންސީން ބުނެފައިވަނީ، ބޮންއެޅި ޖަލަކީ ގަވާއިދާ ޚިލާފަށް ޔަމަނަށް އެތެރެވެފައިވާ އެފްރީކާ މީހުން ބަންދުކޮށްފައި ތިބި ޖަލެއް ކަމަށެވެ. އެމެރިކާ ސިފައިން ބޮންއެޅި ޖަލަކީ ޔަމަނުގެ އުތުރުގެ ސައާދާ ޕްރޮވިންސްގައި ހުރި ޖަލެކެވެ.
ބޮން އެޅިއިރު އެ ޖަލުގައި 115 ވަރަށް ގައިދީން ތިބި ކަމަށް، ސަބާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

30 ގައިދީން މަރުވެ، އިތުރު 50 މީހުން ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ. މަރުވި އަދި ޒަޚަމްވި އެންމެންނަކީވެސް އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ޖަލަށް ބޮންއެޅި ސަބަބާ ގުޅޭގޮތުން، މި އުދުވާނީ ހަމަލާދިނުމުގައި އުޅޭ އެމެރިކާ ސެންޓްރަލް ކޮމާންޑުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ސެންޓްރަލް ކޮމާންޑުން އިއްޔެ ބުނެފައިވަނީ، ޔަމަނާ ދެކޮޅަށް އެމީހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

އެކަމަކު ބުނެފައިވަނީ، މާޗްމަހުގެ 15 އިން ފެށިގެން ޔަމަނަށް 800 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި