ކުއްލި ޚަބަރު

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މެލޭޝިއާއިން ރައީސަށް ހޫނު މަރުޙަބާއެއް

Big mnabumer10taa9h368q9yt2m9

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ވަރަށް މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ޕެރޑާނާ ޕުޓްރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ގާޑް އޮފް އޮނަރ އެރުވުނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑައިސަށް އަރާވަޑައިގަތުމާއެކު ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެވުނެވެ. އޭގެފަހުން ދެ ޤައުމުގެ ވަފުދުގެ މެންބަރުން ތަޢާރަފުކޮށްދެވުނެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރާއެކު ޚާއްޞަ ފޮޓޯއެއް ނެންގެވިއެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރިންގެ ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާމެދު ޚިޔާލު ބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

TTH_advertisement