ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައިދޭން އެދިއްޖެ

މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައި ދެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

އެކަން އިސްލާމިިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައި ދެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީ ގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ގައި ހިމެނުމުން ދިވެހި ޙައްޖުވެރިން ސައުދީ (ޖިއްދާ) އެއާޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެ އެވެ. ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ.

އަދި ހައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ.

މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުން ފުރުޞަތު ލިބިފައިވަނީ 7 ޤައުމަކަށެވެ.

“އަޅުގަނޑު އުންމީދުކުރަނީ މި ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށް. އެކަމަށްޓަކައި މިދަނީ މަސައްކަތްކުރަމުން،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ހައްޖުވެެރީން ޖިއްދާ އެއާޕޯޓްގައި ވަރަށް ގިނަ އިރު މަޑުކުރަން ޖެހެ އެވެ. އެކަމުގެ ސަބަބުން ދަތުރު ދިގުވެ ވަރުބަލިކަން އިތުރަށް އިހުސާސް ކުރުވަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އިން ފުރުސަތު ލިބިއްޖެ ނަމަ ދިވެހި ހައްޖުވެރީންނަށް އެ ލިބެނީ ވަރަށް ބޮޑު ލުޔަކާއި ފަސޭހަ އެކެވެ.

ރާއްޖެ-ސައުދީ ގުޅުމަކީ އަބަދުވެސް ވަރަށް ބަދަހި ޚާއްެސަ ގުޅުމެކެވެ. އެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ