ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރުއާން ހިތުދަސް ކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަން ނިންމައިފި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިހާރު މާލެއާއި އަތޮޅުތަކުގެ ޤުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރުމުގެ ގޮތުން، އަންނަ މެއި މަހުން ފެށިގެން 9 ރަށެއްގައި މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގުފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ހިމެނެއެވެ.

މީގެ އިތުރުން، ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި،ްރަށާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށުގައި ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މެއި މަހުން ފެށިގެން ޤުރުއާނާބެހޭ މަރުކަޒުން މުސާރަ ދޭ ގޮތަށް އިތުރު 8 ރަށެއްގައި މުދައްރިސުން ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްޞަ މެޑަލް ދިނުމުގެ ރަސްމިއްޔާތު ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވަނަ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދަސްވެނިވާ ދަރިވަރުންނަށް ޚާއްޞަ ގައުމެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ