ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގަރލްގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ޝަރަފުވެރިކޮށްދެއްވައިފި

މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށެވެ.

އަދި މި ހަރަކާތަކީ ކޮންމެ މުޖުތަމަޢަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއްކަމުގައި ފާހަގަކުރައްވައި ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ގަރލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމަށާއި، ގަރލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގަރލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިޙްސާސްކޮށްދޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

“އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން.” އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި އެކަމަނާ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހި އަންހެނުން ޤައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ ޢިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުންވެސް، އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް ދިވެހި މުޖުތަމަޢުގައި ދިވެހި އަންހެނުން އަދާކުރުން މުހިންމުކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ ވަނީ މޯލްޑިވްސް ގަރލްގައިޑްސްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަރލްގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން މެޑަމް ސާޖިދާ ވަނީ، ޗީފް ކޮމިޝަނަރ އާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރ، ޗީފް ކޮމިޝަނަރ އަދި ޑެޕިއުޓީ ޗީފް ކޮމިޝަނަރކަމުގެ ޓަރމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖް އަދި ސްކާފް ހަވާލުކޮށްދެއްވާފައެވެ. އަދި، އަލަށް ޗީފް ކޮމިޝަނަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

އިލްމު އުނގެނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް: ފަސްޓް ލޭޑީ

މިއަހަރުގެ “ހެލްތު އެކްސްޕޯ” ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

ޖަޕާނުގެ ސަފީރު، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މެރކް ފައުންޑޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މެޑަމް ސާޖިދާ ދުބާއީއަށް ފުރާވަޑައިގެންފި

TTH_advertisement