ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ. ޞަލާޙުލް ބުދައިރު، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަވައިފި

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ވަނީ ނިންމަވާލައްވާފައެވެ. މި ދަތުރުފުޅަކީ 40 އަހަރުގެ ދިގު މުއްދަތަކަށްފަހު، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާވައި ހިންގި ޚާއްޞަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު އިތުރަށް ވަރުގަދަކުރުމެވެ.

ދަތުރުފުޅުގެ ތެރޭގައި، ޑރ. ޞަލާޙުލް ބުދައިރު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ބައްދަލުކުރައްވާފައެވެ. އަދި ޒުވާން ޚަޠީބުންނާއި، ޙާފިޡުންނާއި، އިމާމުންނާއި، ދީނީ ޢިލްމުވެރިންނާއި، ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ތާރީޚީ މާލޭ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވައި، ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދުކުރައްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި ޚާއްޞަ ދަރުހެއް ދެއްވުމާއެކު، ހުކުރު ނަމާދުވެސް ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ ފާހަގަކޮށްލެވޭ އެހެން ކަންތައްތަކުގެ ތެރޭގައި، މަދީނާ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢީލް މުޙައްމަދާ ބައްދަލުކުރެއްވުމާއި، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.

މި ތާރީޚީ ދަތުރުފުޅު ފާހަގަކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޑރ. ޞަލާޙުލް ބުދައިރަށް ޚާއްޞަ ހަނދާނީ ލިޔުމެއް އަރުވާފައެވެ. މި ދަތުރުފުޅަކީ ދިވެހި އުއްމަތަށް ލިބުނު ޚާއްޞަ ޝަރަފަކާއި އުފަލެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ