ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ފުލުހުން އަނިޔާވެރިއެއް ނުވާނެ: ސީޕީ ޝުޖާއު

398331 182cd046 7

ފުލުހުންނަކީ އަނިޔާވެރި ވާނެ ބައެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ފަދަ ފުލުހުންގެ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެކަމަށްޓަކާ ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީގެ ބޭނުން ކުރަމުންދާ ކަމަށެވެ.

“ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރި ވާނެ ހިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރި ވާނެ ބައެއް ނޫން،” ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ވަކިވަކި ފުލުހުންގެ ފަރާތުން ވަރަށް މަދު ހާލަތްތަކެއްގައި ފެންނަ ކަންކަމަކީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުމަށް އެދޭ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އެހެން މަގުސަދެއް ފުލުހުންގެ މުއައްސަސާގައި ނޯންނާނެ ކަމަށާއި ރައްޔިތުންނަށް އަމާންކަން ފޯރުކޮށްދިނުމަށް 24 ގަޑިއިރު ފުލުހުން ދާނީ މަސައްކަތް ކުރަމުން ކަމަށް ސީޕީ ވިދާޅުވިއެވެ.

“ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހި ފުލުހުން ވާނެކަން ދިވެހި ރައްޔިތުން އަދި މި ގައުމު ހެކިވާނެ،” ސީޕީ ވިދާޅުވިއެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް މިހާރަށް ވުރެ އަވަހަށް ނިންމަން މަސައްކަތް ކުރަންޖެހޭ ކަމަށާއި މައްސަލަތަކުގެ ވާނުވާ މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށް ވުރެ ހަރުދަނާކޮށް އަންގަންޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

TTH_advertisement ELL Mobile Advertisement