ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުކެސްކޯ ހެރިޓޭޖް ސައިޓަށް އަމާޒުވީ ހޫތީންގެ މިސައިލެއް ކަމަށްބުނެ އެމެރިކާއިން ޒިންމާއިން ރެކިއްޖެ

ޔަމަނުގެ ވެރިރަށް ސަންއާގެ މުސްކުޅި ސިޓީގައި ހިމެނޭ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ލިސްޓުގައި ހިމެނޭ ސަރަހައްކަށް މިދިޔަ އާދީއްތަ ދުވަހު ދިން ވަރުގަދަ މިސައިލް ހަމަލާގެ ޒިންމާ، އެމެރިކާއިން ހޫތީންގެ ބޮލުގައި އަޅުވައިފިއެވެ. މި ހަމަލާގައި އެތައް ބަޔަކު މަރުވެ 30 މީހުން ޒަޚަމްވިއެވެ. އަދި ހަމަލާދިން ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބުނެއެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫތީންގެ ސަރުކާރާއި، ޔަމަނުގެ މީޑިއާ އަދި ދުނިޔޭގެ މީޑިއާއިންވެސް ރިޕޯޓްކޮށްފައިވަނީ ޔުނެސްކޯ ތަރިކަ ލިސްޓުގައި ހިމެނޭ ސަރަހައްދަށް މިސައިލް ހަމަލާދިނީ އެމެރިކާ ސިފައިން ކަމަށެވެ. ނަމަވެސް، އެމެރިކާ އަސްކަރިއްޔާއިން މިއަދު ބުނެފައިވަނީ، ސަންއާ މުސްކުޅި ސިޓީއަށް އަމާޒުވީ، ހޫތީން ފޮނުވާލި މިސައިލެއް އަމާޒުން ކަސިޔާރުވެގެން ގޮސް ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ބުނީ، ސަންއާ މުސްކުޅި ސިޓީއަށް އަމާޒުވި މިސައިލް ހަމަލާގައި މީހުން މަރުވެ، ތަންތަނަށް ގެއްލުންތައް ލިބުނު ކަމަށެވެ. ނަމަވެސް، އެއީ އެމެރިކާ ސިފައިންގެ ހަމަލާއެއް އަމާޒުވެގެން ވީކަމެއް ނޫން ކަމަށާއި، އެމެރިކާއިން އެދުވަހުގެ އެ ވަގުތު އެންމެ ކައިރި ހިސާބަކަށްވެސް ހަމަލާދިނީ އެ ސަރަހައްދާ ތިންމޭލު ދުރަށް ކަމަށެވެ.

އެއީ، ހޫތީންގެ ހަމަލާއެއް ކަމަށް އެމެރިކާއިން ކަނޑައެޅީ، ޔަމަނުގެ ބައެއް މީޑިއާ ރިޕޯޓްތަކާއި، ވީޑިއޯ ފުޓޭޖާއި، ހަމަލާދިން މިސައިލްގެ ބައިތަކުގައި އަރަބި ބަހުން ލިޔެފައި ހުރި ލިއުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެމެރިކާ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. ނަމަވެސް، އިތުރު ހެއްކެއް ނުދައްކައެވެ. އެމެރިކާ ސިފައިން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ޔަމަނުގެ ވެރިރަށާއި، އެހެން ރަށްތަކުގެ އެކި ހިސާބުތަކަށް ކޮންމެ ރެއަކު ގެންދަނީ މިސައިލާއި ބޮމުން ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް ޔަމަނުން 200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައި ވެއެވެ. އެމެރިކާގެ ރައީސްގެ އަމުރަށް ސިފައިން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށާފައިވަނީ، ހޫތީން ރަތްކަނޑު ބަންދުކޮށްގެން އުޅޭތީ ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް އެކަމުން ގެއްލުންތައް ލިބޭތީއާއި، އެކަން ހުއްޓުވުމަށް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި