ކުއްލި ޚަބަރު

ލަންކާއާއެކު އޮތީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް: ރައީސް 

ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއިން ސޮއިކޮށްފި

ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައިގަނޑު ބިންގަލަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން: ރައީސް

އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށްފި

އެސްޓީއޯއިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރާފަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުން: ފޮޓޯ- އެސްޓީއޯ

އެސްޓީއޯއިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރާފަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމުގެ މުހިންމު މަސައްކަތެއް ވަނީ ފަށައިގަނެފައެވެ.

މި މަސައްކަތުގެ ފެށުމަކަށްވީ 2018 ވަނަ އަހަރު ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރއިން ރާއްޖޭގައި ކުރި ދިރާސާއަކުންނެވެ. އެ ދިރާސާއިން ދައްކާގޮތުގައި ސިއްޙީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށެވެ. އަދި ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީންނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެސްޓީއޯ އާއި ޖީ.އީ ހެލްތްކެއަރ ގުޅިގެން ކޯހެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކޮށް ފަހުމުނާމާގައި ސޮއިކުރިއެވެ.

އެސްޓީއޯއަކީ ޖީ.އީ ހެލްތްކެއަރގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްދޭ ކުންފުންޏެއް ކަމަށްވުމާއެކު، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތަކަށްވާތީ، ޖީ.އީ ހެލްތްކެއަރއާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ކޯސް ހިންގުމަށްޓަކައި، އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް ގާއިމުކޮށް، 2019 ވަނަ އަހަރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވެއެވެ. އަދި އެ އަހަރުގެ ފެބްރުވަރީ މަހު، ކޯހުގެ މުޤައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށް ހަމަޖައްސައި ކޯސް ރަސްމީކޮށް އިޢުލާންކޮށް ހުޅުވާލާފައިވެއެވެ.

އެސްޓީއޯ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. އަދި މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކު ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެއްކަން ފާހަގަކޮށް، އެސްޓީއޯ އިން ވަނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ބިނާކުރަނިވި ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެކަން އިޢުލާންކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވުނު ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 23 ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ވިލާ ކޮލެޖްގައި ބޭއްވިފައިވެއެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އެ ދަރިވަރުންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވާފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިފަދަ މަސައްކަތްތަކުން ދިވެހި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޞިއްޙީ ދާއިރާގައި ބިދޭސީންގެ ބަރޯސާވުން ކުޑަކުރެވޭނެއެވެ. އަދި މިއީ ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gw9xyy5aeaajuqd

ލަންކާއާއެކު އޮތީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް: ރައީސް 

411498 db04b087 0

ލަންކާގެ ރައީސް ޑިސަނާޔަކެގެ ޝަރަފުގައި ރައީސް މުއިއްޒު ޖާފަތެއް ދެއްވައިފި

Gw4wfrwagaaf9rg

މޫސުން ގޯސްވެ، މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް 

112

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement