ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

8ް0999999999

ބޯހިޔާވަހިކަމަށް ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އެ ބިލްގައި ވަނީ ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.

އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ ދެފުށް ފެންނަ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށެވެ.

ބޯހިޔާވަހިކަން ބޭނުންވާ މީހުންނާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާ ކުރުންމާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވެސް އެ ބިލްގެ މަގްސަދެކެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް ރެގިއުލޭޓް ކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކާއި މިންގަނޑުތައް ބަޔާން ކުރުމަކީ ވެސް އެ ބިލްގެ މަގްސަދެކެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއް އެ ބިލްގައި ގާއިމްކުރާނެއެވެ.

އޭގެ އިތުރުން އެ ބިލުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭނެ ކަމަށެވެ. އެ ސިޔާސަތު އެކުލަވާކަންޖެހޭނީ އަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ. އަދި އެ ސިޔާސަތު ކަނޑައަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލްގައިވެއެވެ. އެ ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައު ކުރަންޖެހެއެވެ.

އެ ބިލުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

112

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

nazim majilis

ކޮރަޕްޝަން ހިންގަން ނިޔަތް ގަނެގެން ތިބި މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ: ނާޒިމު