ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ޕްރީ ސްކޫލް ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް!

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި މިއަދު ހެނދުނު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ ދަރިވަރުންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނުވައިދިން ބައްދަލުކުރެއްވުމަކަށެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޞަލާޙުލް ބުދައިރު ވަނީ ދަރިވަރުންނާއި ބައްދަލު ކުރެއްވުމުން އުފާކުރައްވާކަމަށާއި، ދަރިވަރުންނަށް ފާޤަތި މުސްތަޤުބަލަކަށް އެދޭކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގަންނަވާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ވުޒާރާގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަޤުފް މަޝްރޫޢު ފެށުމަށް ރައީސް ނިންމަވައިފި

ޤައުމީ ޤުރުއާން މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައިފި

TTH_advertisement