ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

397949 6b57dad9 e
ސިފައިންގެ އަހަރީދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން — ފޮޓޯ: ރައީސް އޮފީސް

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި އަސްކަރީ ތާރީހެއް އޮތް ގައުމެއް ކަމަށާއި މީސްކޮޅު މަދަސް، އަޅުވެތިކަމަށް ބޯނުލަނބާނެ ހިތްވަރުގަދަ ރައްޔިތެއް އުޅެމުންދާ ގައުމެއް ކަމަށެވެ.

“ޒަމާނާ އެއްގޮތަށް އަސްކަރިއްޔާ ތަރައްގީކުރަން އަބަދުވެސް މަސައްކަތްކުރަމުން އައި ގައުމެއް. ލެޔާއި ފުރާނައިން ގުރުބާންވެގެން މިނިވަންކަން ހިމާޔަތްކުރުމުގެ ފަހުރުވެރި ތާރީހެއް އޮތް ގައުމެއް. އެހެންނަމަވެސް ދިވެހީންނަކީ އެއްވެސް ޒަމާނެއްގައި ދުވަހަކު ވެސް އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަ ކުރި ބައެއް ނޫން. އަދި ކުރާނެ ބައެއް ވެސް ނޫން. މިއީ މިއަދުވެސް ސިޔާސަތު،” މިނިސްޓަރު ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފެއްޓެވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި އެ މަނިކުފާނު ދެންނެވި ފަލަ ރަތް ރޮނގާއި އެ ރޮނގުގެ އެތެރެ ހިމާޔަތްކުރެއްވުމުގެ ގައުމީ މަސައްކަތް ކަމަށާއި ބަވަނަވެފައި އޮތް ދުނިޔޭގެ ބަދަލުވަމުން އަންނަ މަޝްރަހުގެ އަދި ރާއްޖޭގެ މަޝްރަހުގެ ހާލުގެ ދުލުން އެތަކެއް އަހަރުތަކެއް ވަންދެން އެދި ގޮވަމުން އައި މަސައްކަތް ކަމަށެވެ.

“15 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު އިޖާބަނުދެވި، އިހުމާލުވެވިފައި ހުރި މަސައްކަތް. މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ މި ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައިވަނީ، ދިނުމުގެ ޖާގަ ލިބިފައިވަނީ މި ދެންނެވި އިހުމާލުވެ، ގައުމަށްވުރެ އެހެން ކަންކަން އިސްކުރީމަ،” މިނިސްޓަރު ވިދާޅުވިއެވެ.

ގައްސާން އިތުރަށް ވިދާޅުވީ ރައްޔިތުން، ރައީސް މުއިއްޒު އިންތިހާބުކުރީ ފޫނުބެދި މިހުރި އާނގަތައް ބައްދަވައި، ގައުމު ހިމާޔަތްކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކީ ކަމަށާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ މަނިކުފާނު އެ ގެންދަވަނީ އެ އިތުބާރު ދަމަހައްޓަވަމުން ކަމަށެވެ.

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި