ކުއްލި ޚަބަރު

ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ސަމާލުވޭ! ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤު: ޣައްސާން

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ޝުކުރުވެެރިވުން ޙައްޤު މަސައްކަތްޕުޅުތަކެއް ކަމުގައި ދިފާޢީ ވަޒީރު އަލްފާޟިލް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި، ވަޒީރު ޣައްސާން ވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ސިފައިންގެ ލީޑަރޝިޕަށާއި، ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި އަދި ސިފައިންގެ ޢާއިލާތަކަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.

އިތުރަށް، ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ދިވެހި ސިފައިންގެ ނަމުގައި ޝުކުރު ދަންނަވާފައިވެއެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކުރުވައި، ދިވެހިން އަމިއްލައަށް ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް “އެއަރ ކޯ” ތަޢާރަފުކުރައްވާފައެވެ. މިކަމާ ގުޅިގެން، ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ހަތަރު ގައުމަކާ އެކު ދިފާއީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ސިފައިންނަށް އިލްތިމާސްކުރައްވައިފި

ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް، ޣައްސާންގެ ތަޢުރީފު

ސީ އެމްބިއުލާންސް ޚިދުމަތަށް އިތުރު 10 އުޅަނދު ހޯދަނީ

TTH_advertisement