ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

އަޅުގަނޑު ވަކާލާތުކުރަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް: ރައީސް

395809 cc1aaf18 e
ރައީސް ޑރ. މުހައްމަދު މުއިއްޒު — ފޮޓޯ: ރައީސް އޮފީސް

އެއް ބުރުން ރިޔާސީ އިންތިހާބު ނިމޭގޮތަށް، އެ މަނިކުފާނު ވަކާލާތުކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެކި މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު ހުޅުވި ރައީސްގެ ވަޓްސްއެޕް ޗެނަލުގައި ލިޔުއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ ވޯޓުލުމަށް އެންމެ ރަނގަޅު ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނު ވަކާލާތުކުރައްވަނީ އެ ނިޒާމަށް ކަމަށެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެ ކުރިންވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ޕްރިފެރެންޝަލް ނިޒާމަކަށް އަމަލުކުރަން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވަނީ ވިދާޅުވެފައެވެ.

ދިރާސާކޮށްފައި، އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަމަށް އެދޭ ކަމަށްވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ބެހޭގޮތުން ރައީސް ވަނީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ ވެސް ދާދިފަހުން މަޝްވަރާކުރައްވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަށް ތާއީދުކުރައްވާ ކަމަށް މިއަދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

މުލީ އެއަރޕޯޓްގެ ޓެސްޓު ދަތުރު ހުކުރު ދުވަހު ކުރިއަށްގެންދާނެ

MTCC Advertisement TTH Advertisement