ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ

3877

މަދީނާގެ ޙަރަމްފުޅުގެ އިމާމު އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، 24 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި ޚާއްޞަ ދަރުހެއް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަރުހުގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ޝައިޚްގެ ދަތުރުފުޅުގައި އެކި މިސްކިތްތަކުގައި ނަމާދު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، 23 އޭޕްރިލް 2024 ވާ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމުވެ މަޢްރިބު ނަމާދާއި ޢިޝާ ނަމާދު ކުރައްވާނެއެވެ. އަދި 24 އޭޕްރިލް ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނެއެވެ.

އަދި 25 އޭޕްރިލް 2024 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ މަދީނާގެ ޙަރަމްފުޅުގެ އިމާމަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

އިސްލާމިކް މިނިސްޓްރީން އާންމުންނަށް ގޮވާލާފައިވަނީ މި ފަދަ ފުރުޞަތެއްގެ ބޭނުން ހިފުމަށާއި، ޚާއްޞަކޮށް ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ދަރުހަށް ވީ އެންމެ ގިނަ ބަޔަކު ބައިވެރިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި