ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތް ހަވީރު ވަގުތުގައި ވެސް ދެވޭނެ ގޮތަކާ މެދު މަޝްވަރާކުރަނީ

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އޮންނަ ކިއު ކުޑަކުރުމަށްޓަކައި ހަވީރު ވަގުތުގައިވެސް ޑޮކްޓަރުން ބަލާ ގޮތަށް ހަމަޖެއްސުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން ވަރަށް އިސްކަން ދެމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް ބަލިމަޑުކަމުގެ ވައްޓަފާޅިއާ އެއްވަރަށް ޑޮކްޓަރުންނާއި ވަސީލަތްތައް ނެތުމަކީ ކިއު ބޮޑުވާ ސަބަބެއް ކަމަށެވެ.

އައިޖީއެމްއެޗުގެ ހަތަރު ނުވަތަ ފަސް ޑިޕާޓްމަންޓެއްގައި ކިއު ދިގުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކުރާ އެއް މަސައްކަތެއްގެ ގޮތުގައި ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވޭނެ ގޮތަކާ މަޝްވަރާކުރަމުންދާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކަމޭބެހޭ ފަރާތްތަކާއެކު ކުރިއަށްގެންދާ ކަމަށެވެ. އަދި މުސާރައިގެ އިތުރު އެލަވަންސްތައް ދީގެންވިޔަސް އެއީ ކުރެވޭނެ ކަމެއްކަން މަޝްވަރާތައް ނިމުމުން އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމަށްޓަކައި ހެނދުނާއި ހަވީރުވެސް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެހެންކަމުން އައިޖީއެމްއެޗަށް ވެސް އެފަދަ ހައްލެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

ބިދޭސީންގެ ޞިއްޙީ ކަންކަމަށް ޙައްލު ނުހޯދޭނަމަ ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ: ނާޘިމް

Igmh

އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު

ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތާގައި ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް އިފުތިތާހުކޮށްފި

TTH_advertisement