ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފި

Hwrrjkcjbbodsbqxot81
އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް — ފޮޓޯ: އައިޖީއެމްއެޗް

ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ ކަމަށްބުނެ ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެ ކުރިން ވެސް އެ މައްސަލައިގައި އެމްއެޗްޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އާއި މާލޭގެ ސަރުކާރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވައި އިތުރުގަޑީގައި ކުރުވާ މަސައްކަތަށް، އިތުރުގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑަށް މިދިޔަ މަހު 20 ގައި ގެނައި އިސްލާހާއެކު ވެސް އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.

އެމްއެޗްޕީޔޫ އިން ބުނީ މުއައްސަސާތަކުން އެ އިސްލާހު މާނަކުރަމުންދާ ގޮތުގެ ސަބަބުން ރަސްމީ ބަންދު ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައި ވެސް ރަސްމީ ގަޑީގެ އިތުރުން ސިއްހީ މަސައްކަތްތެރިން ލައްވައި ކުރުވާ މަސައްކަތްތަކަށް ލިބެން ޖެހޭ ހަމަ އުޖޫރަ ލިބުމަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވަނީ އާންމުކޮށް މަސައްކަތްކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވާ ނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ، އިތުރުގަޑީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފުގެ މުސާރާގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތުން އެ މީހަކަށް ދޭންވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ ހުކުރު ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ދުވަހާއި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައިވާ ބަންދު ދުވަސްތަކާއި ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަކީ އާންމުކޮށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަން ޖެހޭ ދުވަސްތަކަކަށް ވާތީ، އެ ދުވަސްތަކުގައި އިތުރުގަޑި އަދި ބަންދު ދުވަހުގެ އެލަވަންސް ދިނުމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ގޮވާލާ ކަމަށެވެ.

ކަނޑައެޅިފައިވާ މިންގަނޑާ ހިލާފަށް މަސައްކަތްކުރުވައިގެން ނުކުންނަ ނޭދެވޭ ނަތީޖާގެ ޒިންމާ އުފުލަން ވާނީ އެގޮތަށް މަސައްކަތްކުރުވާ ފަރާތްތަކުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވެސް އިދާރާތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް ސިއްހީ މަސައްކަތްތެރިން ލައްވައި އެ މިންގަނޑާ ހިލާފަށް މަސައްކަތް ކުރަން ޖެހޭ ފަދަ ގޮތަކަށް އިދާރާތަކުން އަމަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

މުލީ އެއަރޕޯޓްގެ ޓެސްޓު ދަތުރު ހުކުރު ދުވަހު ކުރިއަށްގެންދާނެ

TTH Advertisement MTCC Advertisement