ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލް އެޅުމުގެ ވިސްނުން އެބަހުރި: މިނިސްޓަރ ނާޡިމް

މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބެމުންދާކަމަށް ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ވަޒީރު ހިއްސާކުރެއްވީ ޓީވީއެމްއާއި ދއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ‘އަހާށޭ ބުނާނަން’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލަގްޒަރީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމަުމަކަށްވުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުގައި މެޑިކަލް ޓޫރިޒަމް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަޒީރު ނާޡިމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ބޭރުގެ އިންވެސްޓަރުން މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، އަދި ބައެއް ފަރާތްތަކުން މިހާރުވެސް ޕްރޮޕޯސަލްތައް ހުށަހަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރިސޯޓެއްގައި ހޮސްޕިޓަލަކާއި، ފަރުވާދޭ މަރުކަޒަކާއި، އަދި މީހުން ތަމްރީނުކުރެވޭނެ ކޮލެޖެއް ހިމެނޭ ގޮތަށް ތަރައްޤީކުރުމަށްވެސް ޕްރޮޕޯސަލްތައް ލިބެމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ފައިދާހުރި ކަމެއް. އަޅުގަނޑުމެން މިހާރުވެސް މިދަނީ މި ދާއިރާ އިތުރަށް ދިރާސާކުރަމުން. މި މަޝްރޫޢު ޙަޤީޤަތަކަށް ވެއްޖެނަމަ، އެއީ ވަރަށް ކާމިޔާބު ކަމަކަށް ވާނެ ކަމަށް ޔަޤީން” ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، މެޑިކަލް ޓޫރިޒަމްގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއަރައިގެން ދިއުމަކީ ވަޒީރުގެ އުންމީދެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން، ރާއްޖެއަކީ ޒަމާނީ އަދި ފެންވަރު މަތީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޮށްދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. މި މަސައްކަތުގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް މެޑިކަލް ޓޫރިޒަމްގެ ޙިއްޞާ އިތުރުކުރުމާއި، ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ސަރުކާަރުކާރުގެ ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތްތައް ލިބެން ފެށުމަކީ ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވެ، ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމަށް މަގުފަހިވާނެ ކަމެކެވެ.

މެޑިކަލް ޓޫރިޒަމްގެ ދާއިރާ ތަރައްޤީކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައު ކުލަވަރެއް ގެނެސްދޭނެ ކަމެއްގެ އިތުރުން، ޞިއްޙީ ދާއިރާގެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމެއް ކަމުގައި ބެލެވެއެވެ. މި މަޝްރޫޢުތައް ޙަޤީޤަތަކަށް ވުމާއެކު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަތުރުވެރިކަމުގެ އަރާމާއި ޞިއްޙީ ފަރުވާގެ ޚިދުމަތް އެއް ތަނަކުން ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

ELL Mobile Advertisement TTH_advertisement