ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާދިއްތަ ދުވަހުން ފެށިގެން އެމްޕީއެލްގެ ބައެއް ހިދުމަތްތައް “ޓްރޭޑިއަން” އަށް ބަދަލުކުރަނީ

488888

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” އާދިއްތަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ނިންމުމާއި ގުޅިގެން އެމްޕީއެލްގެ ބައެއް ހިދުމަތްތައްވެސް މި ޕްލެޓްފޯމަށް ބަދަލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވުމާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރެވޭނެކަން ހާމަކޮށް އެމްޕީއެލްއިން ބުނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެހިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި އެޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

މިބަދަލުގެ ފުރަތަމަ މަރުހަލާގެ ދަށުން އެމްޕީއެލްގެ މަސައްކަތަށް ގެނެވޭ މައިގަނޑު ބަދަލުތައް

  • ފޮރިން ވެސަލް ރަޖިސްޓްރީކުރުން:- ޝިޕިން އެޖެންޓުންގެ އުޅަނދާއި ގުޅޭ މައުލޫމާތު ސީދާ އެމްޕީއެލްއަށް ހުށަހެޅުމުގެ ބަދަލުގައި މި މައުލޫމާތު ޓްރޭޑިން ޕޯޓަލްއަށް އަޕްޑޭޓްކުރެވޭނެއެވެ. އަދި މި މައުލޫމާތު ކަމާއި ގުޅޭ ހުރިހާ އިދާރާއަކަށް ލިބިގެން ދާނެއެވެ.
  • ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން:- ކަނޑުމަގުން ރާއްޖެ އަންނަ އުޅުނދުގެ އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް ޝިޕިން އެޖެންޓުން އެމްޕީއެލްއަށް ހުށަހެޅުމުގެ ބަދަލުގައި މި މައުލޫމާތު ޓްރޭޑީން ޕޯޓަލްއަށް އަޕްޑޭޓްކުރެވޭނެއެވެ.
  • ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން:- ޝިޕިން އެޖެންޓުންގެ ބީއެލް މައުލޫމާތު ޑިޖިޓަލްކޮށް އެއް ފޯމެޓެއްގައި ހުށަހަޅާނީ ޓްރޭޑިން މެދުވެރިކޮށެވެ. މި ބަދަލާއެކު ލިޔެކިޔުންތައް ސްކޭންކޮށްގެން އެމްޕީއެލްއަށް ހުށަހަޅަން ނުޖެހޭނެއެވެ.

އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިދުމަތްތައްވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޭނީ “ޓްރޭޑިއަން” ޕްލެޓްފޯމް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި