ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަަށައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 7:30 ހާއިރު ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ވެއްޓިފައި އޮތީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށެވެ.
ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެކަމަކު އޭނާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމާއި ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް އަދި ނޭނގެއެވެ.
ފުލުހުން ބުނީ އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު، އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ތަނުގައި ފަރުވާދެމުން އަންނަ ކަމަށެވެ.