ކުއްލި ޚަބަރު

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މީހަކު ނިޔާވެއްޖެ

1912

ފުވައްމުލަކު ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުންދިޔަ ސައިޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފުވައްމުލައް ހޮސްޕިޓަލްއަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލަ މިއަދު މެންދުރު 12:11 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި ނިޔާވެފައިވަނީ އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27 އަހަރު) އެވެ.

އެ އިދާރާއިން ބުނީ މިހާތަނަށް ބެލި ބެލުމުން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓިގެންކަމަށެވެ.

އަދި އެމީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވޭކަމަށާއި އެހެންކަމުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރައްވެހިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފި

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގައި ރާއްޖެ

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން ހަވާލުކޮށްފި

ELL Mobile Advertisement TTH_advertisement