ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަތޮޅުތެރޭގައި ފަށަނީ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަތޮޅުތަކުގައި އިތުރަށް ފުޅާކުރުމަށް ނިންމައިފައެވެ. މި މަޝްރޫޢުގެ ދަށުން، އަންނަ މަހުން ފެށިގެން ރާއްޖޭގެ 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ފެށިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ފތައް ފެށިގެންދާނެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގުފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ހިމެނެއެވެ. މީގެ އިތުރުން، ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ޤުރުއާން މަރުކަަރުކަޒުގެ ގޮފިތައް އަލުން ހަރަކާތްތެރިކުރުމަށް ވެސް ވަނީ ރޭވިފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިތުރު 8 ރަށެއްގައި މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެއްސުމަށް ނިންމާފައެވެ. މި ރަށްތަކުގެ ތެރޭގައި ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ އަދި ލ. އިސްދޫ ކަލައިދޫ ހިމެނެއެވެ. އަދި ފުވައްމުލަކު ސިޓީގެ ޤުރުއާން މަރުކަޒަށް ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ.

ސަރުކާރުގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް، ޤުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމެވެ. މި ގޮތުން، އަހަރަކު 100 ހާފިޒުން ދަސްވެނިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ކޮންމެ ރަމަޟާން މަހެއްގެ 27 ވަނަ ރޭ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށާއި، ދަސްވެނިވާ ދަރިވަރުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ