ކުއްލި ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޑިޖިޓަލް ޕްލެޓްފޯމް “ޓްރޭޑިއަން” ބޭނުން ކުރަން ނިންމައިފި

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ފަސޭހަކަމާއެކު ހިންގުމަށްޓަކައި ފަރުމާކުރެވިފައިވާ ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ވަނީ ނިންމާފައެވެ. މި ޕްލެޓްފޯމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން، ދިވެހި ވިޔަފާރިވެރިންނަށް ލުުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ތަޢާރަފުކުރެވޭ އައު ނިޒާމެކެވެ.

“ޓްރޓްރޭޑިއަން” ޕްލެޓްފޯމްގެ މައިގަނޑު މަޤްޞަދަކީ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއާ ގުޅުންހުރި އެންމެހައި ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމެވެ. މި ނިޒާމުގެ ސަބަބުން، ކުރިން އެކި އިދާރާތަކުން ވަކިވަކިން ހޯދަންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް އެއް ތަނަކުން ލިބިގަތުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ގިނަ ޚިދުމަތްތަކެއް މި ޕްލެޓްފޯމް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.

“ޓްރޭޑިއަން” ޕްލެޓްފޯމް ފުރިހަމައަށް ތަންފީޛުކުރެވުމުން، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރީގެ ދާއިރާއަށް އައު ހަލުވިކަމަކާއި ހަރުދަނާކަމެއް ގެނެސްދޭނެކަމަށް އުންމީދުކުރެވެއެވެ. މި ނިޒާމަކީ ވިޔަފާރިވެރިންނަށް ވަގުތާއި ފައިސާ ސަލާމަތްކޮށްދޭނެ، އަދި ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 06 24 at 11.15.02 (1)

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

3

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ELL Mobile Advertisement TTH_advertisement