ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނ. އަތޮޅު ޕޮލިސް ސްޓޭޝަނާއެކު އިތުރު މަޝްރޫއުތައް މަނަދޫގައި ކުރިއަށްގެންދަނީ

82ujem

ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ހިންގަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން ނ. މަނަދޫގައި ގާއިމުކުރާ އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނާއެކު، އިތުރު ތިން މަޝްރޫއު ކުރިއަށްގެންދަން ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޕޮލިސް ސްޓޭޝަން ތަރައްގީކުރުމުގެ އިތުރުން އެރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުޑަކުދިންގެ ޕާކު އެޅުމާއި، އައުޓްޑޯ ޖިމް ތަރައްގީކުރުން އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީން މިހާރު ވަނީ 2000 މީހުންގެ އާބާދީ އޮންނަ މަނަދޫގައި، އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޕްރޮޖެކްޓް ސައިޓުތައް އެރަށުގައި ގާއިމުކޮށްފައެވެ. އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓް ތަކާއެކު އެރަށުގައި އާއްމު ހިދުމަތްތައް ފުޅާވެ އިޖުތިމާއީ ހިދުމަތްތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތަކެއްގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އެކުންފުނިން މިއަދު ވެސް ވަނީ ބައެއް ރަށްތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދާހަމަ ގެނެސްދީފައެވެ. އެގޮތުން ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. އަދި، ގއ. ކޮލަމާފުށި ހިއްކުމުގެ މަޝްރޫއުގެ 63 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން މިއަދު ބުނެފައި ވެއެވެ. އެ ދެރަށުގެ އިތުރުން އެމްޓީސީސިން އަންނަނީ ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ