ކުއްލި ޚަބަރު

މާޅޮހު އަބްދުއްރަހްމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި

ވިނަރެސްގެ ޓަވަރަކުން ވެއްޓުނު މީހާ މަރުވެއްޖެ

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

ދޮށީ އުމުރުގެ މީހުންނަށް ދޫކުރާ ޚާއްސަ ލައިސަންސާ ގުޅިގެން ކުރީގެ ލައިސަންސެއް ބާތިލެއް ނުވާނެ

60 އަހަރުން މަތީގެ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޚާއްސޚާއްސަ ލައިސަންސާ ގުޅިގެން، މީގެ ކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާޠިލެއް ނުވާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނެވުނު 2 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވަނީ، ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެ ކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަކީ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެކެވެ.

މި ގަވާއިދާ ގުޅޭގޮތުން އޮޅުންއަރާފަދަ މަޢުލޫމާތު ފެތުރެމުންދާތީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އުސޫލާ ގުޅިގެން މީގެކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާޠިލެއް ނުވާނެ ކަމަށެވެ. އަދި މީގެކުރިން ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި، އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި، އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރުން މަތީގެ ފަރާތްތަކަށްވެސް އެއްވެސް ހުރަހެއް ނެތްކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިފަދަ ހުއްދައެއް ގަވާއިދުގެ ތެރެއިން ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، ލައިސަންސާ ގުޅޭ އާންމު އިމްތިޙާނުތައް ފުރިހަމަކުރުމަކާ ނުލައި، ފަސޭހައިން މި ފުރުޞަތު ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވަން ބޭނުންވާ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އިސްރަށްވެހިންނަށް ގަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތއެހެންކަމުން، އިސްރަށްވެހިންނަށް ގަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތަށް މިނިސްޓްރީން ގެނެސްފައިވާ މި ފަސޭހަ އަދި ހެޔޮ ބަދަލުގެ މަޤްޞަދު ގެއްލުވާލައި، މަޢުލޫމާތު އޮޅޭގޮތަށް އެއްވެސް ފަރާތަކުން ޕޯސްޓްތަކާއި އާޓިކަލްތައް ދައުރުނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އިޞްލާޙުގެ ސަބަބުން ދޮށީ އުމުރުގެ ފަރާތްތަކަށް ލިބިގެންދާނީ އިތުރު ފުރުޞަތެއް ކަމަށާއި، އެއްވެސް ޙައްޤެއް ގެއްލިގެންނުދާނެ ކަމަށް މިނިސްޓްރީން ވަނީ އިތުރަށް ހާމަކޮށްފައެވެ. އަދި މި ބަދަލަކީ ދޮށީ އުމުރުގެ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭ ބަދަލެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި އައު އުސޫލުގެ ދަށުން ދޫކުރެވޭ ޚާއްސަ ލައިސަންސްގެ ދަށުން ދުއްވޭނެ އުޅަނދުތަކުގެ ބާވަތްތަކާއި، އެ އުޅަނދުތައް ދުއްވޭނެ ސަރަޙައްދުތަކާ ގުޅޭ އިތުރު ތަފްޞީލުތައް ކަމާބެހޭ އިދާރާތަކުން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ. މި މަޢުލޫމާތުތައް ލިބުމުން، ޝަރުޠު ހަމަވާ ފަރާތްތަކަށް މި ޚާއްސަ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

މިނިސްޓްރީން ވަނީ މި އައު އުސޫލަކީ ދޮށީ އުމުރުގެ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް ގެނެވޭ ބަދަލެއް ކަމަށާއި މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާޅޮހު އަބްދުއްރަހްމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި

121

ވިނަރެސްގެ ޓަވަރަކުން ވެއްޓުނު މީހާ މަރުވެއްޖެ

ކަރީމްބެއަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަޚުޞިއްޔަތެއް: ރައީސް

މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ: މަޢުޟޫޢުއަކީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް

TTH_advertisement ELL Mobile Advertisement